ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ބަޔާން މިއުނިކުން ރޭ ކުޅުނު މެޗުގައި ބްރޫޝިއާ ޑޯޓްމުންޑާ އެއްވަރުވެއްޖެއެވެ.
ރޭ ބަޔާން ދަނޑުގައި ކުޅުނު މެޗު 2-2 އިން އެއްވަރުވެފައިވާ އިރު، އެ މެޗާއެކުވެސް ބަޔާން އެއްވަނައިގައި އޮތީ 29 މެޗުން 69 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ބަޔާން ލެވަކޫސަންއަށް 29 މެޗުން 63 ޕޮއިންޓް ލިބިފައިވާ އިރު، އަދިވެސް ލީގު ހޯދުމަށް ބަޔާނަށް ފަހި ފުރުސަތެއް އެބައޮތެވެ.
ޑޯޓްމުންޑަށް މިސީޒަނުގައި އޮތީ އުނދަގޫ ހާލަތެކެވެ. މިވަގުތު ޑޯޓްމުންޑުން އަށްވަނައިގައި އޮތީ 29 މެޗުން 42 ޕޮއިންޓާއެކުގައެވެ. ޔޫރަޕްގެ ޖާގައެއް ހޯދަން އެޓީމަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހެއެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފު ބަޔާނުން ޑޮމިނޭޓްކޮށް ކުޅުނު ނަމަވެސް، ފުރަތަމަ ގޯލު ޖެހީ ޑޯޓްމުންޑުންނެވެ. ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވެ ޑޯޓްމުންޑުން ލީޑު ނެގީ މެކްސިމިލިއަން ބެއިއާ ޖެހި ގޯލުންނެވެ.
އޭގެފަހުންވެސް ޑޯޓްމުންޑް ނުރައްކާ ކުރަމުން ދަނިކޮށް މެޗުގެ އޮއިވަރު ބަދަލުވީ ސާޖް ނަބެރީއެވެ. ނަބެރީގެ ނުރައްކަލާއެކު ހުރަސްކޮށްލި ބޯޅައެއްގައި ރަފޭލް ގޮރޭރޯ ބަޔާނަށް އެއްވަރުކޮށްދިން އިރު، އޭގެ ތިން މިނެޓް ފަހުން ނަބެރީ ވަނީ ބަޔާނަށް ލީޑު ނަގައިދީފައެވެ.
މެޗުން ބަލިވާން ދަނިކޮށް ޑޯޓްމުންޑަށް އެއްވަރުކޮށްދިނީ ސެންޓަ ބެކް ވަލްޑެމާ އެންޓޮންއެވެ.
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ
ޖަރުމަން ބުންޑަސްލީގާ