ސްޕެނިޝް ލީގުގެ އެއްވަނައިގައި މި ވަގުތު އޮތް ބާސެލޯނާ އިން ރޭ ކުޅުނު މެޗުގައި ހަނި ތަފާތަކުން ލެގާނޭސް ބަލިކޮށްފިއެވެ.
ބާސާއިން ރޭ ރަށުން ބޭރުގައި ލެގާނޭސް ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. ބާސާ އިން ތާވަލުގެ އެއްވަނައިގައި ހަތް ޕޮއިންޓްގެ ލީޑެއްގައި އޮތްއިރު، އެ ޓީމު ވަނީ 31 މެޗުން 70 ޕޮއިންޓް ހޯދައިފައެވެ.
އެންމެފަހުގެ ޗެމްޕިއަން، ބާސާގެ ވާދަވެރި ރެއާލް މެޑްރިޑް ދެވަނައިގައި 30 މެޗުން 63 ޕޮއިންޓާއެކު އޮތްއިރު، ބާސާ އަތުން ލީގު ހޯދުމަށް އޮތީ އުނދަގޫ މަގެކެވެ.
ރޭގެ މެޗުގެ ކުރިން ލީގުގައި ބާސާ އިން ލެގާނޭސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ބަލިވިއެވެ. އޭގެ ބަދަލުހިފަން ބާސާ އިން ނުކުމެ، ފުރަތަމަ ހާފުގައި ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް ގޯލެއް ނުފެނުނެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ ބާސާ އިން ލީޑު ނެގި އިރު، އެ ޓީމުގެ ގޯލަކީ ހޯޒޭ ސަންޗޭސް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބާސާ އިން އެންމެފަހުން ކުޅުނު 24 މެޗުގައިވެސް ބަލިވެފައެއް ނުވެއެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ