ލ. އަތޮޅުގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ ލާމު ޔޫތު ޑެވަލޮޕްމަންޓު (ލީޑް) ގެ ފަރާތުން އިންތިޒާމުކޮށް ކުރިއަށްގެންދާ ލީޑް ވެޓްރަންސް ފުޓްސަލް ކަޕް ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗު، މިދިޔަ އަހަރު މުބާރާތުގެ ޗެމްޕިއަން އަފޭން ކާމިޔާބު ކޮށްފިއެވެ.
މިއީ ލީޑް ވެޓެރަންސް ފުޓްސަލް ކަޕްގެ ތިންވަނަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި 11 ޓީމަކުން ވާދަކުރާ އިރު، މިއީ މުބާރާތް ފެށުމުގެ ގޮތުން ޗެރިޓީ ޝީލްޑް މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ. އެހެންކަމުން އަފޭން ވެގެން ގޮސްފައި ވަނީ ލީޑް ވެޓްރަންސް މުބާރާތުގެ ޗެރިޓީ ޝީލްޑް ކާމިޔާބުކުރި ފުރަތަމަ ޓީމަށެވެ.
ލ. ފޮނަދޫ ފުޓްސަން ދަނޑުގައި ރޭ ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި މިދިޔަ އަހަރު ފައިނަލުގައި ވާދަކުރި ކަންމަންތި އެސްސީ ކައިރިން އަފޭން މޮޅުވީ 8-2 ގެ ނަތީޖާއަކުންނެވެ.
ކަންމައްޗާއި އަފޭންވެސް މިފަހަރުގެ މުބާރާތަށްވެސް ވަރުގަދަކޮށް ނުކުމެފައިވާ އިރު، ކަންމަތިން ރޭ މުބާރާތަށް ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އެގޮތުން ޓީމުގައި ހިމެނޭ އިސްމާއީލް އީސަ (މެސީ) އާއި އަލީ ފާސިރު (ސެންޓޭ) އަދި އަލީ އަޝްފާގު (ދަގަނޑޭ) ވެސް ރޭގެ މެޗުން ފެނިގެން ގޮސްފައި ނުވާ އިރު، ފުރަތަމަ ހާފުގައިވެސް އަފޭން ފެނުނީ މާ ވަރުގަދަކޮށެވެ.
އެޓީމުން ގިނަ ގޯލުތަކެއް ޖަހައި ލީޑު ނެގި އިރު، މެޗުގައި އެޓީމުގެ ގޯލުތައް ޖެހީ މުހައްމަދު ފާސިރު (ފާއްޓެ) އާއި އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް)، އަލީ ރިސްވާން އަހުމަދު އަދި ހަސަން އިބްރާހީމާއި ހުސައިން ޝަކީލެވެ. މެޗުގައި ފާއްޓެއާއި ރިސްވާން އަދި ހަސަން އިބްރާހީމް ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިފައެވެ.
ކަންމަތިން މެޗުގައި ޖެހި ދެ ގޯލުވެސް އަހުމަދު ހުސައިނެވެ.
ރޭގެ މެޗަށްފަހު އަފޭންނާ ޝީލްޑް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާނުން ކަމަށްވާ ރާއްޖޭގެ ކުރީގެ އެއް ނަމްބަރު ގޯލްކީޕަރު މައުރޫފް އަހުމަދު (މާއްޓޭ) އާއި ދަ ހޯކްސް ރީޖަނަލް މެނޭޖަރު މުހައްމަދު ފާއިގެވެ.
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް
ލީޑް ވެޓެރަންސް ކަޕް