އެމެރިކާއިން ޗައިނާއަށް އެތެރެކުރާ މުދަލުން ޓެރިފް 84 ޕަސަންޓަށް ބޮޑުކޮށްފިއެވެ.
އެމެރިކާއާއި ޗައިނާއިން ދެގައުމަށް އެތެރެކުރާ ދެގައުމުގެ މުދަލުން ނަގާ ޓެރިފް ބޮޑުކުރަން ފަށާފައިވާ އިރު، އެކަން މިހާރު ވެފައިވަނީ ބަދަލު ހިފުމަކަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަަމްޕް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެގައުމަށް އެތެރެކުރާ ބޭރު ގައުމުތަކުގެ މުދަލުން ޓެރިފް ބޮޑުކޮށް ނެގުމަށް ފެށުމާއެކު ބޭރުގެ ގައުމުތަކާއި އެމެރިކާއާ ދެމެދު ވަނީ އިގުތިސާދީ ހަމަނުޖެހުމަކަށް އައިސްފައެވެ.
އެމެރިކާއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އެއްގައުމު ކަމަށްވާ ޗައިނާއިން އެގައުމަށް އެތެރެކުރާ މުދަލުން 34 ޕަސަންޓް ޓެރިފް ނެގުމަށް އެމެރިކާއިން ނިންމުމާއެކު އެކަމުގެ ހިތްހަމަނުޖެހުމުގައި ޗައިނާއިން ވެސް ވަނީ އެގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން ޓެރިފް ބޮޑުކޮށް ނެގުމަށް ނިންމައިފައެވެ.
ޗައިނާއިން ޓެރިފް ބޮޑުކުރުމާއެކު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަޕްމް ވަނީ ޗައިނާއަށް ބިރުދެއްކުމަށް އެގައުމުން އެމެރިކާއަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކޮށް ޖުމުލަ 104 ޕަސަންޓަށް އިތުރުކޮށްފައެވެ.
އެެމެރިކާއިން ވަނީ 104 ޕަސަންޓަށް ޓެރިފް ބޮޑުކުރުމަށްފަހު އެކަމަށް އަމަލުކުރަންވެސް ފަށައިފައެވެ. އެއާއެކު ޗައިނާއިން އިއްޔެ ވަނީ އެމެރިކާއިން އެތެރެކުރާ މުދަލުން 84 ޕަސަންޓު އިތުރަށް ޓެރިފް ނެގުމަށް ނިންމައި އެމެރިކާއާ ދެކޮޅަށް ތެދުވެފައެވެ.
ޗައިނާއިން ވަނީ އެ ބަދަލަށް އަމަލުކުރާނީ މިއަދުން ފެށިގެން ކަމަށްބުނެ އެމެރިކާއަށް ގޮންޖަހައިފައެވެ.
ޗައިނާއިން ވަނީ ދުނިޔޭގެ ގައުމުތަކުން ޓްރަމްޕްގެ ޓެރިފް ހަނގުރާމައިގައި ބައިވެރިވެ، އެންމެން އެކަތިގަނޑަކަށްވެ އެެމެރިކާއާ ދެކޮޅަށް ތެދުވުމަށް ގޮވާލައިފައެވެ.
މުހައްމަދު އައުޒަމް
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ