ޔަންގް ޕްލޭޔާސް ސްޕޯޓްސް ކްލަބާއި ބޮޑުފޮޅުދޫ ކައުންސިލް ގުޅިގެން ބާއްވާ ޔައިޕީ ވެޓެރަންސް މުބާރާތަށް ފުރުސަތު ހުޅުވާލައިފިއެވެ
މީގެ ކުރިން ވައިޕީން ވަނީ ކާމިޔާބުކަމާއެކު ތިން ފަހަރު ވެޓެރަންސް މުބާރާތް ބާއްވައިފައެވެ. އއ. ބޮޑުފޮޅުދޫގައި ކުރިއަށްދާ މުބާރާތް މިފަހަރުވެސް އއ. އަތޮޅު މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓުތަކަށް ހުޅުވާލާފައިވާ އިރު، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 15 ވަނަ ދުވަހެވެ.
ވައިޕީން ބުނީ ވެޓެރަންސް މުބާރާތުގެ މަގުސަދަކީ ދޮށީ އުމުރުގެ މީހުން ކުށުގެ ވެށިން ރައްކާތެރިކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ ބަޔަކަށް ހެދުމާއި ކަސްރަތަށް އަހުލުވެރި ކުރުން ކަމަށެވެ. އަދި ވެޓެރަންސް ކުޅުންތެރިންގެ ހުނަރު ޒުވާން ކުޅުންތެރިންނަށް ދައްކާލުންވެސް އެއީ މުބާރާތުގެ މަގުސަދެކެވެ.
މިއަހަރުގެ މުބާރާތް މެއި މަހު އެއްވަނަ ދުވަހުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، މުބާރާތުގައި ބައިވެރިވުމުގެ މައުލޫމާތު ޔަންގް ޕްލޭޔާސް ގެ ފޭސްބުކް ޕޭޖުން ލިބޭނެ ކަމަށް އެ ޖަމިއްޔާއިން މައުލޫމާތު ދީފައިވެއެވެ.
ވައިޕީ ވެޓެރަންސް ފުޓްސަލް މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ކޭކޭ ކަނޑު މައްޗެވެ. އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެޓީމުގެ އިބްރާހީމް ޝަފްރާޒް (ޝަފްލޭ) އެވެ.
މިއަހަރު މުބާރާތުގެ މެއިން ސްޕޮންސާއަކީ ރިލެކްސް ޓްރާންސްފާއެވެ. މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ފުޓްސަލް
ފުޓްސަލް
ފުޓްސަލް
ފުޓްސަލް