އެެމެރިކާއަށް އެތެރެކުރާ ޗައިނާގެ އުފެއްދުންތަކުން ނަގަން ނިންމާފައިވާ ޓެރިފް ބޮޑުކޮށް 50 ޕަސަންޓު އިތުރުކުރާނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފިއެވެ.
އެމެރިކާއާއި ޗައިނާއާ ދެމެދު ފެށިފައިވާ އިގުތިސާދީ ހަނގުރާމައިގައި ދެގައުމުން ވެސް ވަނީ އެއްގައުމު އަނެއްގައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެރިފް ބޮޑުކުރުމަށް ނިންމައިފައެވެ.
ހަނގުރާމަ ފެށިފައިވަނީ އެމެރިކާގެ ރައީސް ކަމަށް ޓްރަމްޕް ވަޑައިގެންނެވުމާއެކު އެގައުމުގެ އިގުތިސާދު ހަމައަކަށް އެޅެވުމަށް ކަމަށްބުނެ އެމެރިކާއިން ވަނީ ޗައިނާއިން އެގައުމަށް އެެތެރެކުރާ މުދަލުން 10 ޕަސަންޓަށް ޓެރިފް އިތުރުކުރަން ނިންމައިފައެވެ.
އެމެރިކާގެ ނިންމުމާ ދެކޮޅަށް ޗައިނާއިން ވަނީ އެގައުމުން އެމެރިކާއާ ދެކޮޅަށް ތެދުވީ ކަމަށާއި އެމެރިކާއިން އިގުތިސާދީ ހަނގުރާމައެއް ފެށީކަމަށް ބުނެފައެވެ.
އެެމެރިކާއިން ޗައިނާގެ މުދަލުން ޓެރިފް ބޮޑުކުރުމާއެކު ޗައިނާއިން ވަނީ އެގައުމަށް އެތެރެކުރާ އެމެރިކާގެ މުދަލުން 34 ޕަސަންޓަށް ޓެރިފް ނެގުމަށް ނިންމައި މިއަދުން ފެށިގެން އެ ގަވާއިދަށް އަމަލު ކުރުމަށް ނިންމައިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރުމަށް ޗައިނާއިން އެދިފައިވާ ބައްދަލުވުން ވެސް ކެންސަލް ކުރުމަށްފަހު ޗައިނާއަށް ވަނީ އިންޒާރު ދީފައެވެ. އެގޮތުން ރޭ ޓްރަމްޕް ނެރުނު ބަޔާނެއްގައި ވަނީ ޗައިނާއިން ނެގުމަށް ނިންމި 34 ޕަސަންޓު ޓެރިފް ކުޑަނުކޮށްފި ނަމަ އެމެރިކާއިން ނަގާ އަދަދު 50 ޕަސަންޓަށް އިތުރުކުރާނެ ކަމަށް ވިދާޅުވެފައެވެ.
ޗައިނާއިން އެތެރެކުރާ މުދަލުން ޓެރިފް ނެގުމަށް އެމެރިކާއިން ފުރަތަމަ ނިންމާފައިވަނީ 34 ޕަސަންޓެވެ. އަންނަ ބުދަ ދުވަހުން ފެށިގެން އެ އަދަދަށް ޓެރިފް އިތުރުކޮށް އަމަލުކުރަން ނިންމާފައިވާ އިރު، ޗައިނާއިން އެމެރިކާގެ މުދަލުން ޓެރިފް ނެގުމަށް ނިންމުމުން ޓްރަމްޕް މިވަނީ އިތުރު 50 ޕަސަންޓު އިތުރުކުރާނެ ކަމަށް އިންޒާރު ދެއްވައިފައެވެ. އެހެންކަމުން އެގޮތަށް އަމަލުކޮށްފި ނަމަ އެމެރިކާއަށް އެތެރެކުރާ ޗައިނާގެ މުދަލުން ނަގާ ޓެރިފް 104 ޕަސަންޓަށް އިތުރުވާނެއެވެ.
މުހައްމަދު އައުޒަމް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް
ޑޮނަލްޑް ޓޮރަމްޕް