އއ. އުކުޅަސް ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތުގެ 40 ޕަސެންޓު ނިމިއްޖެއެވެ.
އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނީ އުކުޅަސް ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްގެންދަނީ ހައި ވޯލްޓޭޖް ކޭބަލް ޖަންކްޝަން އިންސްޓޯލް ކުރުމުގެ މަސައްކަތާއި ޕޭވިން ބްލޮކް ހަރުކުރުމުގެ މަސައްކަތް ކަމަށެވެ.
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން އެ މަޝްރޫއު އެމްޓީސީސީ އާއި ހަވާލުކުރީ 19 އޮކްޓޯބަރު 2022 ގައެވެ.
މި މަސައްކަތުގެ ސްކޯޕްތަކުގެ ތެރޭގައި ސްޓޯމް ވޯޓާ މެނޭޖްމަންޓް ސިސްޓަމާއި ޑްރޭނޭޖް އެންޑް ސާވިސް ލައިން އާއި ސައިޑް ވޯކް ޕޭވިން އަދި ކެރެޖްވޭގެ މަސައްކަތް ހިމެނެއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ