ގއ. ވިލިނގިލި ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން ބަނދަރު ސޭންޑްފިލް ބްރޭކްވޯޓާގެ ކީވޯލުގެ މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫއު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިއްޔެ ބުނީ، ވިލިނގިލި ބަނދަރު ހެދުމުގެ ފޭސް ތިނެއްގެ ދަށުން މިހާރު ކުރިޔަށްދަނީ ރިވެޓްމަންޓް ރީޕްރޮފައިލިން މަސައްކަތް ކަމަށެވެ.
އެމަސައްކަތުގެ 54 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން، 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަރު ބޭސިން ފުންކުރުމާއި 275 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 105 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި 685 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއަކީ 114،339،736.35 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2023ގެ ޖެނުއަރީ މަހުއެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ