ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް)ގެ އެންމެ ކާމިޔާބު އެއް ޓީމު، މުމްބާއީ އިންޑިއަންސް އަނެއްކާވެސް ބަލިވެއްޖެއެވެ.
މުމްބާއީ އިންޑިއަންސްއިން މިހާތަނަށް މި ސީޒަނުގެ އައިޕީއެލްގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ވަނީ ބަލިވެފައެވެ. ރޭ ލަކްނައު ސުޕަ ޖަޔަންޓްސް ކައިރިން ބަލިވި އިރު، ސުޕަ ޖަޔަންޓްސްއިން ކުޅުނު ހަތަރު މެޗުން ދެމެޗު ވަނީ ކާމިޔާބު ކޮށްފައެވެ.
ލަކްނައުގެ އެކާނާ ކްރިކެޓް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސުޕަ ޖަޔަންޓްސްއިން މެޗު ކާމިޔާބުކުރީ 12 ލަނޑުންނެވެ.
މެޗުގައި މުމްބާއީ އިންޑިއަންސްއަށް ޓޮސް ދިމާވުމުން އެޓީމުން ނިންމީ އުކާށެވެ.
ފުރަތަމަ އިނިންސްއަށް ކުޅެން އަރައި، ސުޕަ ޖަޔަންޓްސްއިން 20 އޯވަރު ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 203 ލަނޑު ހެދިއެވެ.
މިޝެލް މާޝް، 31 ބޯޅައިން 60 ލަނޑު ހެދި އިރު، އައިދެން މާކްރަމް ވަނީ 38 ބޯޅައިން 53 ލަނޑު ހަދައިފައެވެ.
މުމްބާއީ އިންޑިއަންސްގެ އިންޑިއާ އުކުންތެރިޔާ ހާދިކު ޕަންޑްޔާ ވަނީ ފަސް ވިކެޓް ނަގައި ތަފާތު ދައްކައިފައެވެ. އެހެންނަމަވެސް ކުޅެން އަރައި މުމްބާއީ އިންޑިއަންސްއަށް އެ ތަފާތެއް ނުދެއްކުނެވެ.
މުމްބާއީ އިންޑިއަންސް ކުޅެން އަރައި، 20 އޯވަރު ތެރޭގައި ފަސް ކުޅުންތެރިން ނުބައިވި އިރު، އެޓީމަށް ހެދުނީ 191 ލަނޑެވެ.
އެޓީމަށް އެންމެ ރަނގަޅަށް ކުޅުނު ސުރްޔަކުމާރު ޔާދޭވް ވަނީ 43 ބޯޅައިން 67 ލަނޑު ހަދައިފައެވެ. ނަމަން ދިރް 24 ބޯޅައިން 46 ލަނޑު ހެދި ނަމަވެސް ދެން މާ ތަފާތު ބޮޑު ސްކޯއެއް ނުހެދުނެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)