އއ. ހިމަންދޫ، ފަޅުތެރޭ އޮތް ލޯންޗެއްގައި ރޯވެއްޖެއެވެ.
ފުލުހުންގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ ހިމަންދޫ ބަނދަރުގައި އޮތް "ކައިލް ވިންގް" ނަމަކަަށް ކިޔާ ލޯންޗުގައި ރޯވެފައިވާ މައްސަލަ މިއަދު ހެނދުނު 5:50 ހާއިރު ރިޕޯޓު ކުރި ކަމަށެވެ.
އެ ލޯންޗުގައި ރޯވި އަލިފާން ނިއްވާލާފައިވަނީ ފުލުހުންނާއި އެ ރަށު ކައުންސިލާއި އާންމުންގެ އެހީތެރިކަމާއެކު މިއަދު 6:26 ގައެވެ.
އެ ހާދިސާ ހިނގި ވަގުތު ލޯންޗުގެ ކައްޕި އާއި ދެ ކްރޫގެ އިތުރުން ކުޑަ ކުއްޖެއް ހުރި ކަމަށެވެ. ލޯންޗު ކްރޫ އިންނަށް ކޮންމެ ވެސް ވަރަކަށް އަނިޔާވި ނަމަވެސް ބޮޑު އަނިޔާއެއް ނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަލިފާނުގެ ސަބަބުން ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށާއި ލޯންޗު ހިމަންދޫ ފަޅުތެރެއަށް އަޑިޔަށް ގޮސްފައިވާ ކަމަށެވެ.
އެހާދިސާ ތަހުގީގު ކުރަމުންގެންދާ ކަމަަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ހިމަންދޫ ލޯންޗުގައި މިއަދު ރޯވެ އަނޑިޔަށް ދިޔައިރު ތ. ކަނޑޫދޫން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދަނިކޮށް ވަނީ ހޮޅުދޫ ބޯޓުގައި ރޯވެ، އަނދައިފައެވެ. އަދި އޭގެން ދަތުރުކުރި ލ. މާވަށަށް، އަލީ މުޝްފިގް މުހައްމަދު ޝަރީފް، 25އ. ވަނީ ގެއްލިފައެވެ. އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ