ތ. ކަނޑޫދޫން ފުރައިގެން މާލެއަށް ދަތުރު ކުރަމުންދަނިކޮށް އަލިފާން ރޯވެ، އެދި ހޮޅުދޫ ބޯޓުން ގެއްލުނު ޒުވާނާ ހޯދަށް ޑްރޯން ބޭނުން ކުރަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ރޭ ބުނީ ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުން ދަނިކޮށް "ހޮޅުދޫ ބޯޓް"ގައި އަލިފާން ރޯވިކަމުގެ މައުލޫމާތު ރޭ 21:07 ހާއިރު ކަމަށެވެ.
އެ ބޯޓުން 18 މީހުން ދަތުރު ކުރި އިރު، އޭގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ. ގެއްލިފައިވަނީ ލ. މާވަށަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ އަލީ މުޝްފިގު މުހައްމަދު ޝަރީފްއެވެ. އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މުޝްރިފު ހޯދުމުގެ މަސައްކަތު އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން އެމްއެންޑީއެފުން މިއަދު ބުނީ ކޯސްޓްގާޑް ޝިޕް ގާޒީ، އެފްއައިސީ މާފަތް، އެޗްޕީ 114 ޑައިވަރުންނާއި އެއާ ކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން އަލީ މުޝްފިގު ޝަރީފް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ހާދިސާގައި އަލިފާން ރޯވި "ހޮޅުދޫ ބޯޓް" ވަނީ ދަންވަރު 02:07 ހާއިރު އަޑިއަށް ގޮސްފައެވެ.
ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރަ ފަރާތްތަކުން މިކަމަށް ސަމާލުކަން ދިނުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސް ކޮށްފައެވެ.
ފާތިމަތު ލިއުޝާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ
އަލިފާނުގެ ހާދިސާ