ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ގައި މިހާތަނަށް ރަނގަޅު ފޯމެއް ދައްކަމުން އައި ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ މައްޗަށް ގުޖުރާތު ޓައިޓަންސްއިން ކުރި ހޯދައިފިއެވެ.
ބެންގަލޫރުގެ އެމް ޗިންނަސްވާމީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ބެންގަލޫރުގެ މައްޗަށް ގުޖުރާތުން ކުރި ހޯދީ އަށް ވިކެޓުންނެވެ.
އިންޑިއާގެ ލެޖެންޑް ވިރާތު ކޯލީ، މިހާތަނަށް މި ސީޒަނުގެ އައިޕީއެލްގައި ކުޅުނު މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައިވީ ނަމަވެސް، ރޭ ވެގެންދިޔައީ އޭނާގެ ދަށް ރެޔަކަށެވެ.
ގުޖުރާތަށް ޓޮސް ދިމާވުމުން އެޓީމުން އުކަން އަރައި ތަފާތު ދެއްކިއެވެ. ކޯލީވެސް އެންމެ ހަ ބޯޅައިން ހަތް ލަނޑު ހެދިތަނުން ނުބައިކޮށްލާފައިވާ އިރު، ފިލް ސޯލްޓަށްވެސް ހެދުނީ އެންމެ 14 ލަނޑެވެ.
ބެންގަލޫރަށް 20 އޯވަރު ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން 169 ލަނޑު ހެދުނު އިރު، އެންމެ ރަނގަޅަށް ކުޅުނީ ލިއަމް ލިވިންސްޓޯންއެވެ. އޭނާ ވަނީ 40 ބޯޅައިން 54 ލަނޑު ހަދައިފައެވެ.
އަނެއްކޮޅުން މޮޅަށް އުކި، މުހައްމަދު ސިރާޖު ވަނީ ތިން ވިކެޓް ނަގައިފައެވެ. އޭގެ އިތުރުން ސައި ކިޝޯރުވެސް ދެ ވިކެޓް ނެގިއެވެ.
ބަދަލުގައި ކުޅެން އަރައި ގުޖުރާތު ޓައިޓަންސް މޮޅުވީ 17.5 އޯވަރު ތެރޭގައި ދެ ކުޅުންތެރިން ނުބައިވެގެން 170 ލަނޑު ހަދައިގެންނެވެ.
ގުޖުރާތުގެ ޖޯސް ބަޓްލާ ވަނީ 39 ބޯޅައިން 73 ލަނޑު ހަދައި ތަފާތު ދައްކައިފައެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)