އިނގިރޭސި ޕްރިމިއާ ލީގުން ފުރަތަމަ ފަހަރަށް ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީގެ ބޭނުންކުރަން ތައްޔާރުވެއްޖެއެވެ.
ޕްރިމިއާ ލީގުން ކުރިން ވަނީ މި ސީޒަނުގެ ކޮންމެވެސް ހިސާބަކުން ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް ބޭނުންކުރުމަށް ރާވާފައިވާ ކަމަށް ބުނެފައެވެ. ވަކި ދުވަހެއް އޭރު ހާމައެއް ނުކުރެއެވެ.
ޕްރިމިއާ ލީގުން އިއްޔެ ބުނީ މި މަހުގެ 12 ވަނަ ދުވަހު ފަށާ މެޗުތަކުގައި ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް ބޭނުންކުރާނެ ކަމަށެވެ. އެއީ ޓީމުތަކުން ކުޅޭ 32 ވަނަ މެޗުތަކެވެ.
ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމްގެ ބޭނުން ކުރަން ޕްރިމިއާ ލީގުން ނިންމާފައިވަނީ އެފްއޭ ކަޕްގައި އެ ޓެކްނޮލޮޖީ ޓެސްޓް ކުރުމަށްފަހުއެވެ. އެއީ އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައެވެ.
ޕްރިމިއާ ލީގުގައި މިހާރު އޮފްސައިޑް ބެލުމަށް ބޭނުންކުރަނީ ވީއޭއާރް ޓެކްނޮލިޖީއެވެ. ރޮނގު އަޅައިގެން އޮފްސައިޑް ބަލާ އެ ޓެކްނޮލޮޖީއަށް ފާޑު ކިޔުންތައް އަމާޒުވެފައިވާއިރު، ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމަކީ މިހާތަނަށް ފެނުނު އެންމެ ފަސޭހަ ނިޒާމެވެ.
ވޯލްޑް ކަޕާއި ފީފާގެ ބައެއް އެހެން މުބާރާތްތަކުގައި ވެސް ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ސިސްޓަމް ބޭނުން ކޮށްފައިވާއިރު، އެ ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ނިންމުންތައް ނިންމުމަށް ބޭނުންވާ ވަގުތު، ބޮޑުތަނުން ކުޑަވެގެން ދެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު