ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ގެ އެންމެ ކާމިޔާބު އެއްް ޓީމު، މުމްބާއީ އިންޑިއަންސްއިން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިދިޔަ ދެ މެޗުންވެސް ބަލިވެފައި އޮވެ ރޭ، އެންމެފަހުގެ ޗެމްޕިއަން ކަލްކަތާ ނައިޓް ރައިޑާސްއާ ދެކޮޅަށް ނުކުމެ، މުމްބާއީ އިންޑިއަންސްއިން މެޗު ކާމިޔާބުކުރީ އަށް ވިކެޓުންނެވެ.
މުމްބާއީގެ ވަންހެދޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ގުރު ދިމާވުމުން އެޓީމުން ނިންމީ ހޮވުމަށެވެ. ފުރަތަމަ އިނިންސްއަށް ކުޅެން އަރައި ކަލްކަތާ ނައިޓް ރައިޑާސްގެ ހުރިހާ ކުޅުންތެރިން ނުބައިވި އިރު، އެޓީމަށް ހެދުނީ 116 ލަނޑެވެ. އެއީ 16.2 އޯވަރުންނެވެ.
މުމްބާއީގެ އަޝްވަީ ކުމާރު ހަތަރު ވިކެޓް ނެގި އިރު، ދީޕަކް ޗަހާރު ވަނީ ދެ ވިކެޓް ނަގައިފައެވެ.
ބަދަލުގައި ކުޅެން އަރައި މުމްބާއީ އިންޑިއަންސްއިން ވަނީ 12.5 އޯވަރުން 121 ލަނޑު ހަދައި މެޗު ކާމިޔާބުކުރިއެވެ. ކަލްކަތާއަށް ނުބައިކުރެވުނީ އެންމެ ދެ ކުޅުންތެރިންނެވެ.
މުމްބާއީ އިންޑިއަންސްއަށް އެންމެ ރަނގަޅަށް ކުޅުނީ ރަޔަން ރިކެލްޓަންއެވެ. އޭނާ ވަނީ 41 ބޯޅައިން 63 ލަނޑު ހަދައިފައެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)