ފުވައްމުލަކު ސިޓީގައި ބާއްވާ، އެ ސިޓީގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް، ވަގުތު ބޮޑުބެ ޗެލެންޖް 2025 ގެ ސްޕޮންސާޝިޕްގެ ފުރުސަތު ހުޅުވާލައިފިއެވެ.
އަންނަ މެއި މަހުގެ 25 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ވަގުތު ބޮޑުބެ ޗެލެންޖް 2025 ގައި ޓީމުތައް ބައިވެރިކުރުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހެވެ. ޓީމު ލިސްޓު ހުށަހެޅުމަށް އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 30 ވަނަ ދުވަހެވެ.
ބޮޑުބެ ޗެލެންޖް އިންތިޒާމުކުރާ ބޮޑުބެ ގްރޫޕްގެ ފަރާތުން ބުނީ މުބާރާތުގެ އެކިއެކި ސްޕޮންސަރުންނަށް މިވަގުތު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ބޮޑުބެ ޗެލެންޖުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ އިރު، ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވެއެވެ. އެ މުބާރާތަކީ މިހާތަނަށް ފުވައްމުލަކު ސިޓީގައި ބާއްވާ އެންމެ ބޮޑު، އަދި އެންމެ އަގުހުރިވެސް ފުޓްސަލް މުބާރާތެވެ.
މުބާރާތް އިންތިޒާމް ކުރާ ފަރާތުން ބުނީ މިހާރުވެސް ޓީމުތަކުން ވަރުގަދައަށް މުބާރާތަށް ތައްޔާރުވަމުން އަންނަ ކަމަށާއި ޔަގީނުންވެސް ރާއްޖޭގެ ފުޓްސަލް ގިނަ ތަރިންތަކެއް މުބާރާތުން ފެނިގެންދާނެ ކަމަށެވެ.
ބޮޑުބެ ޗެލެންޖްގެ ސްޕޮންސާޝިޕް މައުލޫމާތު ހޯދުމަށް 9689646 އަކާ ގުޅައިގެން މައުލޫމާތު ސާފުކުރުމަށްވެސް އިންތިޒާމުކުރާ ފަރާތުން އެދިފައިވެއެވެ.
ބޮޑުބެ ޗެލެންޖްގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން ސްޕޯޓްސް"އެވެ.
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް
ބޮޑުބެ ޗެލެންޖް