ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ގެ އެންމެ ކާމިޔާބު އެއްް ޓީމު، މުމްބާއީ އިންޑިއަންސްއިން ކުޅުނު ދެވަނަ މެޗުގައި ރޭ ގުޖުރާތު ޓައިޓަންސް އަތުންވެސް ބަލިވެއްޖެއެވެ.
މުމްބާއީ އިންޑިއަންސްއިން ރޭ އަހުމަދުއާބާދުގެ ނަރެންދްރާ މޯދީ ސްޓޭޑިއަމްގައި ކުޅުނު މެޗުން ބަލިވީ 36 ލަނޑުންނެވެ.
މުމްބާއީ އިންޑިއަންސްއަށް ޓޮސް ދިމާވުމުން ނިންމީ އުކާށެވެ.
ގުޖުރާތަށް ފުރަތަމަ މޮޅު ހޯދައިދޭން، ކުޅެން އަރައި ފުރަަތަމަވެސް ސައި ސުދާސަން ތަފާތު ދެއްކިއެވެ. ޖެހިޖެހިގެން ދެވަނަ މެޗުގައި އޭނާ ހާފް ސެންޗަރީ ފުރިހަމަ ކުރި އިރު، ރޭގެ މެޗުގައި 41 ބޯޅައިން 63 ލަނޑު ހެދިއެވެ.
ގުޖުރާތުން ކުޅެން އަރައި 20 އޯވަރު ތެރޭގައި އަށް ކުޅުންތެރިން ނުބައިވި އިރު، 196 ލަނޑު ހެދިއެވެ. ގުޖުރާތުގެ ކެޕްޓަން ޝުބްހަމް ގިލްއާއި އިންގްލެންޑްގެ ޖޯސް ބަޓްލާވެސް ރަނގަޅަށް ކުޅެފައިވާ އިރު، ގިލް ވަނީ 27 ބޯޅައިން 38 ލަނޑު ހަދައިފައެވެ. ބަޓްލާ ވަނީ 24 ބޯޅައިން 39 ލަނޑު ހަދައިފައެވެ.
ފަސް ފަހަރު އައިޕީއެލް ކާމިޔާބުކޮށްފައިވާ މުމްބާއީ އިންޑިއަންސްއަށް ހާދިކު ޕަންޑްޔާ ރަނގަޅަށް އުކި އިރު، ބަދަލުގައި ކުޅެން އަރައި އެޓީމަށް 20 އޯވަރު ތެރޭގައި ހެދުނީ 160 ލަނޑެވެ. އެއީ ހަ ކުޅުންތެރިން ނުބައިވެގެންނެވެ.
ގުޖުރާތުގެ އުކުންތެރިޔާ މުހައްމަދު ސިރާޖު ކުރީކޮޅުގައި ރޯހިތު ޝަރުމާއާއި ރަޔާން ރިކެލްޓަން ނުބައިކޮށްލާފައިވާ އިރު، ސުރްޔަކުމާރު ޔާދޭވް އަދި ތިލަކު ވަރްމާ ހިތްވަރުކުރި ނަމަވެސް މުމްބާއީ އިންޑިއަންސްއަށް މޮޅެއް ނުހޯދުނެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)