ފިތުރު އީދު ފާހަގަކުރުމަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިރޭ ހަވާ އެރުވުމަށް ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އީދު ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ހަވާ އެރުވުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައެވެ.

އޭގެ ކުރިން ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއެއް ކުރިއަށްގެންދިއުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ޑްރޯން ޝޯ ކުރިއަށްދާނީ މިރޭ 8:30 އިން ފެށިގެން 30 މިނެޓަށް ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

އޭގެ އިތުރުން އެޗްޑީސީން ވަނީ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ނިންމައިފައެވެ. މިއަދު ހަވީރު 4:00 އިން ފެށިގެން ހަވީރު 5:45 އަށް އެ ހަވީރު ވެސް ކުރިއަށްގެންދާނީ ސެންޓްރަލް ޕާކުގައެވެ.

އެޗްޑީސީގެ ކުޑަކުދިންގެ ހަވީރުގެ އިތުރުން އެމްއެންޑީއެފުން ވެސް މިއަދު ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ. ސަރުކާރު ހިއްސާވާ އެކި ކުންފުނިތަކުގެ ހަރަކާތްތައް ވެސް ހިމަނައިގެން އެ ހަވީރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 އިން 6:00 އަށް ސަލްޓަން ޕާކު، ޝަހީދުންގެ ބިނާ ސަރަހައްދު އަދި ޖުމްހޫރީ މައިދާނު ސަރަހައްދުގައެވެ.