ހއ. ކެލާގެ ފަޅުގައި ދެ ރިސޯޓް ހެދުމަށްޓަކައި، އެ ރަށުގެ އިހުތިސާސުން 325.5 ހެކްޓަރު އުނިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އެ ނިންމެވުމަކީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސޯސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން، އެ މަނިކުފާނު ނިންމެވި ނިންމެވުމެއް ކަމަށެވެ.
ކެލާގެ ފަޅުގައި ރިސޯޓެއް ތަރައްގީކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ރައީސްގެ އެ ނިންމެވުމާއެކު ކެލާ ފަޅުން 13 ޕަސެންޓް އުނިވެގެންދާނެވެ.
މުހައްމަދު އިޝާން
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް
ޓުއަރިޒަމް