ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން ކުޅުނު ދެވަނަ މެޗުގައި ޗެންނާއީ ސުޕަ ކިންގްސްވެސް ބަލިކޮށްފިއެވެ.
ޗެންނާއީ ސުޕަ ކިންގްސްއިން އައިޕީއެލްގައި މިފަަހަރު ކުޅުނު ފުރަތަމަ މެޗުގައި މުމްބާއީ އިންޑިއަންސް ބަލިކޮށްފައި އޮވެ ރޭގެ މެޗަށް ނުކުތް ނަމަވެސް، އާރްސީބީ ފެނުނީ މާ ވަރުގަދަކޮށެވެ. އެޓީމުން ޗެންނާއީގައި ރޭ މޮޅުވީ 50 ލަނޑުންނެވެ. އެއީ މިދިޔަ 17 އަހަރު ތެރޭގައި، އާރްބީސީން ޗެންނާއީ ދަނޑުގައި މޮޅުވި ފުރަތަމަ ފަހަރެވެ. ޗެންނާއީއަކީ އައިޕީއެލްގެ އެންމެ ކާމިޔާބު އެއް ޓީމެވެ. އަނެއްކޮޅުން އާރްސީބީން މަސައްކަތް ކުރަނީ ފުރަތަމަ އައިޕީއެލް ތަށްޓަކަށެވެ.
މެޗުގައި ޓޮސް ދިމާވުމުން ޗެންނާއީން ނިންމީ އުކުމަށެވެ.
އެއާއެކު އާރްސީބީން ކުޅެން އަރައި 20 އޯވަރު ތެރޭގައި ހަތް ކުޅުންތެރިން ނުބައިވި އިރު، 197 ލަނޑު ހަދާފައިވެއެވެ.
އިންގްލެންޑްގެ ފިލް ސޯލްޓް ރަނގަޅަށް ފަށައި، 16 ބޯޅައިން 32 ލަނޑު ހެދި އިރު، ވިރާތު ކޯލީ ވަނީ 30 ބޯޅައިން 31 ލަނޑު ހަދައިފައެވެ. އެއީ ކޯލީގެ ފޯމާ ބަލާފައި ދަށް ރޭޓެއް ނަމަވެސް، އުކުމަށްވެސް އާރްސީބީ ރޭ ތަފާތު ދެއްކިއެވެ.
ޖޯޝް ހެޒްލްވުޑް ރަނގަޅު ދެ ވިކެޓް ނަގާފައިވާ އިރު، އެ ދެ ވިކެޓާއެކު ޗެންނާއީގެ އެންމެ މުހިއްމު ދެ ކުޅުންތެރިން ނުބައިވިއެވެ. އެއީ ކެޕްޓަން ރުޓުރާޖު ގައިކްވާޑާއި ރާހުލް ތްރިޕްތީއެވެ.
ރަޗިން ރަވިންދްރާ 31 ބޯޅައިން 41 ލަނޑު، ޗެންނާއީއަށް ހަދައިން ނަމަވެސް އެޓީމަށް 20 އޯވަރު ތެރޭގައި އަށް ކުޅުންތެރިން ނުބައިވެގެން ހެދުނީ 146 ލަނޑެވެ.
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)
އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)