ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އުރީދޫ ކަސްޓަމަރުންނަށް ހާއްސަކޮށް މި ރޯދަ މަހު ތައާރަފުކުރި ހިތްގައިމު މޮބައިލް ގޭމް ކަމަށްވާ އުރީދޫ ކަރާ ފެޅުން ނިންމާލުމަށް ދެ ދުވަހަށް ވެއްޖެއެވެ.
އުރީދޫން ބުނީ އެ ގޭމް ނިންމާލާ އިރު، މިއީ އެޕަލްގެ އެންމެ ފަހުގެ ޑިވައިސްތަކާއި ހިތްގައިމު 65 އިންޗީގެ ޓީވީއެއް ހިމެނޭ ދިހަ އިނާމުގެ ބަންޑަލްއެއް ހޯދުމަށް އެ ގޭމް ކުޅެގެން ލިބޭ އެންމެ ފަހު ފުރުސަތު ކަމަށެވެ.
އެހެން އަހަރުތަކުގައި ހަދިޔާ ފޮށި ގެނެސްދިން ގޮތަށް އުރީދޫ ކަރާ ފެޅުންވެސް އުރީދޫ އެޕް މެދުވެރިކޮށް ވަނީ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކުވެސް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތަކެއް ފަހިކޮށްދީފައެވެ. ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން 200 ޓެޕް ކޮށްގެން ކަސްޓަމަރުންނަށް މި ހިތްގައިމު ގްރޭންޑް ޕްރައިޒް ލިބުމުގެ ފުރުސަތު ފަހިވެއެވެ.
ނަސީބުވެރި އެއް ފަރާތަކަށް އަލްޓިމޭޓް ޓެކް ޕެކޭޖް ލިބިގެން ދާނެ ކަމަށް އުރީދޫން ބުންޏެވެ.
އޭގެ ތެރޭގައި ހިމެނެނީ:
- އެޕަލް އައިފޯން 16 ޕްރޯ
- މެކްބުކް އެއާ
- އެއާޕޮޑްސް
- އެޕަލް ވޮޗް
- އެޕަލް ޓީވީ
- އެޕަލް ހޯމްޕޮޑް
- އެޕަލް އައިޕެޑް
- އެޕަލް ޕެންސިލް
- އެއާޕޮޑްސް މެކްސް
- 65 އިންޗީގެ ޓީވީ
އުރީދޫ ކަރާ ފެޅުމަކީ ކަސްޓަމަރުންގެ މެދުގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ގޭމެކެވެ. އަދިވެސް އިނާމު ހޯދުމަށް ކަރާ ފެޅުމުގައި ބައިވެރިވޭނެއެވެ.
އަލީ ޔާމިން
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސް