އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުނުވާތީ އެ ސިޓީއަށް 1.8 މެގަވޮޓުގެ ޖަނަރޭޓަރަށް ފޮނުވުމުގެ މަސައްކަތް ފެނަކަ އިން ފަށައިފިއެވެ،
އައްޑޫގެ ކަރަންޓު ކެނޑެނީ އެ ސިޓީގެ ގުޅިފައިވާ ރަށްތަކުންނެވެ.
ފެނަކައިން އެކްސްގައި ރޭ ކުރި ޕޯސްޓެއްގައި ބުނީ، އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭ މައްސަލަ އަށް އަދިވެސް ހައްލު ނުވާތީ، 1.8 މެގަވޮޓުގެ ޖަނެރޭޓަރެއް އެ ސިޓީ އަށް ފޮނުވާލަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެ ޖެންސެންޓް ރޭ ވަނީ މާލެއިން އައްޑޫއަށް ފުރުވާލައިފައެވެ.
މިއީ ފާއިތުވި ތިން މަސް ދުވަހުގެ ތެރޭގައި އައްޑޫއަށް ފޮނުވި ތިން ވަނަ ޖެންސެޓެވެ. މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ އެ ސިޓީއަށް ޖެންސެޓެއް ގެނެސްފައެވެ.
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންގެ ޖަނަރޭޓަރުތަކެއް ހަލާކުވެ، ލޯޑު ނުހިފެހެއްޓޭތީ އެކި ގަޑިތަކަށް ބަހާލައިގެން އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކަނޑަމުންދާތާ އެތައް މަހެއް ވަނީ ވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު