ކޮންސިއާޖް ގްރޫޕް މޯލްޑިވްސްގެ ފަރާތުން ބަޓީކް އެއާ މެދުވެރިކޮށް މެލޭޝިއާ ދެކޮޅު ޓިކެޓް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން މިއަދު ބުނީ، އެ ފުރުސަތު ހޯދުމަށް ކަސްޓަމަރުން ކުރަން ޖެހޭ ކަމަކީ އުރީދޫ ކަރާ ފެޅުން ގޭމާ ގުޅޭ ހެއްވާ މަޖާ ވީޑިއޯ، މީމް ނުވަތަ ރީލް ތައްޔާރުކުރުން ކަމަށެވެ.

ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަރާތަކަށް މެލޭޝިއާ ދެކޮޅު ޓިކެޓު ލިބިގެން ދާނެ ކަމަށާއި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ 11:59 ގެ ނިޔަލަށް ކަމަށެވެ.

  • އެންޓްރީ ސޯޝަލް މީޑިއާގައި ޕޯސްޓް ކުރުން
  • ހޭޝްޓެގް #OoredooKaraaFelhun ބޭނުންކޮށްލާ އަދި ޓެގް @ooredoomaldives އަދި @conciergegroupmaldives.mv

އުރީދޫން ބުނީ ރާއްޖޭގައި ބަޓިކް އެއާގެ އެކްސްކްލޫސިވް ޖެނެރަލް ސޭލްސް އެޖެންޓް ކޮންސިއާޖް ގްރޫޕް މޯލްޑިވްސް އިން އުރީދޫ މޯލްޑިވްސްއާ ގުޅިގެން އެ ޗެލެންޖަށް ހުށަހަޅާފައިވާ އިނާމާއެކު އެ ޗެލެންޖު އިތުރަށް ފުރިހަމަވެގެންދާ ކަމަށާއި އެ ޗެލެންޖު މެދުވެރިކޮށް ކަސްޓަމަރުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ހުޅުވާލުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

އިތުރު ތަފްސީލު ހޯދުމަށް އުރީދޫ މޯލްޑިވްސްގެ ސޯޝަލް މީޑިއާ ޗެނަލްތަކަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން އެދެއެވެ.