ފުވައްމުލަކު ސިޓީގައި ޑްރަގް ވިއްކައި މަނީލޯންޑާ ކުރަމުންދިޔަ ބޮޑު ނެޓްވޯކުގެ ދެ މީހުންގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާކޮށްފައިވަނީ، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުވާ ފުވައްމުލައް، ދޫޑިގަން، ޒަމާނީގެ، ހަސަން އާޒިމާއި ފުވައްމުލައް، ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދުގެ މައްޗަށެވެ. އެ ދެ މީހުންނަކީ ފުވައްމުލަކުގައި މަސްތުވާތަކެތި ވިޔަފާރިކުރުމާއި ބޭނުންކުރުން ހުއްޓުވުމަށް ފުލުހުން ކުރިއަށްގެންދިޔަ ހާއްސަ އޮޕަރޭޝަންގެ ދަށުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.
އާޒިމާއި ނިއުޝާދުގެ މައްޗަށް ޕީޖީން އިއްޔެ ވަނީ ދެ ދައުވާއެއްކޮށް، ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. އެއީ ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާއެވެ.
ޕީޖީން މިއަދު ބުނީ އެ ދެމީހުންގެ މައްޗަށް ކުށްކުރާ ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް 27 ގައި ފުވައްމުލައް ދޫޑިގަން، ގަސްދޮށުގެ ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމާގުޅިގެން ތުހުމަތުކުރެވުނު ފަރާތްތަކުގެ ބޭންކް ސްޓޭޓްމަންޓްތައް ދިވެހި ފުލުހުންގެ ޚިދުމަތުން ދިރާސާކުރިއިރު އެކިއެކި ފަރާތްތަކުން ކުދި އަދަދުތަކުން ފޮނުވާ ފައިސާ، ގަނޑުކޮށް، ޙަސަން އާޒިމްއާއި، އަޙްމަދު ނިއުޝާދުގެ އެކައުންޓުތަކަށް ޖަމާކޮށްފައިވާކަން ފާހަގަވުމުން އިތުރަށް ކުރި ތަހުގީގުތަކަށް ފާހަގަވި ކަންތައްތަކާ ގުޅިގެން ކަމަށެވެ.
އެކަން އިތުރަށް ތަހުގީގުކޮށް ބެލި އިރު، އާޒިމް އިސްވެ ހުރެ، ނިއުޝާދާއެކު މަސްތުވާތަކެތި ވިއްކުމަށްޓަކައި ފުވައްމުލަކުގައި ނެޓްވޯކެއް ގާއިމުކޮށް އެކި ފެންވަރުގައި، އެކި މިންވަރަށް، އެ ތަކެތި ބަންދުކޮށް ބާޒާރަށް ނެރުމުގައި ހަރަކާތްތެރިވާކަމާއި، އެކި ޑީލަރުންނަށް މުސާރަދީގެން، ހަމަޖެހިފައިވާ ތަރުތީބެއްގެ ތެރެއިން އެކި ގަޑިތަކުގައި މަސްތުވާތަކެތި ވިއްކައިގެން ފައިސާ ހޯދާފައިވާތީއާއި، އެކި ޑިއުޓީގައި ކްރެޑިޓަށް ދޫކޮށްފައިވާ މަސްތުވާތަކެތީގެ ހިސާބު ވަކި ތަރުތީބަކުން ބަލަހައްޓައި، 01 އޮގަސްޓު 2024 ގެ ނިޔަލަށް މި ނެޓްވޯކު ހިންގައި، މި ނެޓްވޯކުގެ އެކި ފަންތީގައި ހަރަކާތްތެރިވި މީހުންނަށް އިރުޝާދު ދީފައިވާ ކަމަށް ޕީޖީން ބުންޏެވެ.
އެ ދެ މީހުންގެ ތެރެއިން އާޒިމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާކޮށްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 5,998,696.60 (5.9 މިލިއަން) ރުފިޔާއަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ނިއުޝާދުގެ މައްޗަށް އެ ކުށުގެ ދައުވާކޮށްފައިވަނީ 1 ޖުލައި 2019 އިން ފެށިގެން 1 އޮގަސްޓު 2024 އާ ދެމެދު، މަސްތުވާތަކެއްޗާ ގުޅުންހުރި އެކި ފަރާތްތަކުން އޭނާގެ އެކައުންޓުތަކަށް ޖަމާކުރި 21,855,766.99 (21.8 މިލިއަން) އަކީ ކުށް ކޮށްގެން ހޯދާފައިވާ ފައިސާކަމަށް ޝައްކުކުރެވޭ ހާލަތުގައި، އެ ފައިސާ އޭނާ އަތުގައި ބަހައްޓައި ބޭނުންކޮށްފައިވާތީއެވެ.
ޕީޖީން ބުނީ ކުށް ކޮށްގެން ހޯދާފައިވާ ކަމަށް ދައުވާގައި ބަޔާންކޮށްފައިވާ ފައިސާއިން މުދަލުގެ މިލްކުވެރިކަމާއި، އަތުގެ ވެރިކަމާއި، ތަސައްރަފު ކުރުމުގެ ހައްގު ހޯދައި، ކުށްކޮށްގެން ހޯދާފައިވާ މުދަލާއި ފައިސާއިން ހާސިލުކޮށްފައިވާ ނަތީޖާއެއްކަމަށްވީތީ އެ ފައިސާއާއި މުދާ ދައުލަތަށް ނަގައިދިނުމަށް އެދިފައިވާނެ ކަމަށެވެ.
ޕީޖީން އެދިފައިވަނީ މޯލްޑިވްސް އިސްލާމިކް ބޭންކަށް ޖަމާކޮށް ބަހައްޓާފައިވާ 1,194,290.31 (1.1 މިލިއަން) ރުފިޔާ ހޯދުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރިޕޯޓް
ރިޕޯޓް
ހައުސިން މިނިސްޓްރީ