ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ވާދަކުރާ އެތުލީޓް، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސީއިދު ޗައިނާއަށް ފުރައިފިއެވެ.

ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕް މާޗު މަހުގެ 21 އިން 23 އަށް ޗައިނާގެ ނަންޖިންގައި ކުރިއަށްގެންދަން ތާވަލު ކޮށްފައިވާ އިރު، ސާއިދު ޗައިނާއަށް ފުރާފައި ވަނީ އިއްޔެއެވެ.

ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ސާއިދު ވާދަކުރިއެވެ. އެގޮތުން އެންމެ ފުރަތަމަ 2022 ވަނަ އަހަރު 60 މީޓަރު ދުވުމުގައި ސާއިދު ވާދަކުރި އިރު، އޭނާ ވެފައިވަނީ ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކުރި ފުރަތަމަ ދިވެހި އެތުލީޓަށެވެ.

ޗައިނާއަށް ފުރަމުން ސާއިދު ބުނީ މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ތިންވަނަ ފަހަރަށް ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައި ވާދަކުރެވުމަކީ ޕޮސިޓިވް މައިންޑް ސެޓެއް ބަހައްޓައި، ގިނަ ކަންތައްތަކެއް ގުރުބާންކޮށް، ޑިސިޕްލިން ހިފެހެއްޓުމުގެ ނަތީޖާ ކަމަށެވެ. މިހާ ހިސާބަށް ވާސިލުވުމަށް ގިނަ ހުރަސްތަކެއް ކަނޑައްތުކުރި ކަމަށްވެސް ސާއިދު ބުންޏެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު އެތުލީޓު ކަމަށްވާ ސާއިދު ވަނީ ރާއްޖެއަށް މީގެ ކުރިންވެސް ރަން މެޑަލްތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.