ޗައިނާގެ ޓިއާންޖިންގައި ފަށަން ތައްޔާރުވެފައިވާ 12 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވާދަކުރާނީ އަހްނާ ނިޒާރާއި ހަސަން ސާއިދު ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.
އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕް ޓިއާންޖީގައި ކުރިއަށްދާނީ މިމަހު 6-8 އަށެވެ.
ސާއިދު ވަނީ މީގެ ކުރިން 2024 ވަނަ އަހަރު އިރާނުގެ ތެހެރާންގައި ބޭއްވި އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައިވެސް ވާދަކޮށްފައެވެ. އެފަހަރު ސާއިދާއެކު ވާދަކުރީ ފަސޫހާ އަހުމަދެވެ. ސާއިދު މީގެ ކުރިން ވޯލްޑް އެތުލެޓިކްސް އިންޑޯ ޗެމްޕިއަންޝިޕްގައިވެސް އެކި ފަހަރު މަތިން ވާދަކޮށްފައިވާ އިރު، އޭނާއަކީ މިހާތަނަށް ރާއްޖޭގެ ތާރީހު ދުށް އެންމެ ބާރު ދުވުންތެރިޔާއެވެ. އަދި ސާއިދަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގައި އެންމެ ތަޖުރިބާކާރު އެއް ދުވުންތެރިޔާވެސް މެއެވެ.
އަހްނާއަކީ މިވަގުތު އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ދުވުންތެރިޔާއެވެ. ބައިނަލްއަގުވާމީ އެހެން ބައެއް މުބާރާތްތަކުގައިވެސް އޭނާ ވާދަކޮށްފައިވާ އިރު، މިއީ އަހްނާއަށް ފުރަތަމަ އިންޑޯ ތަޖުރިބާއަށްވާނެއެވެ.
އެތުލެޓިކްސް
އެތުލެޓިކްސް
އެތުލެޓިކްސް