މުހިއްމު ޑިފެންޑަރު ކިމް މިން-ޖާއޭއަށް އަނިޔާވުމާ ގުޅިގެން އެކަމުގައި ބަޔާން މިއުނިކުގެ އިހުމާލެއް ވާކަމަށް ދެކުނު ކޮރެއާގެ ކޯޗު ހޮންގް ޔުންގް-ބޯ ބުނެފިއެވެ.
ދެކުނު ކޮރެއާއިން އަންނަ ހަފުތާ އޮމާނާއި ޖޯޑަންއާ ދެކޮޅަށް ކުޅޭ ކޮލިފިކޭޝަން މެޗުތަކަށް ފުރަތަމަ ނެގި 28 ކުޅުންތެރިންގެ ސްކޮޑުގައި ބަޔާންގެ ޑިފެންޑަރު ކިމް ހިމެނި ނަމަވެސް، އަނިޔާގެ ސަބަބުން ކިމް ވަނީ ސްކޮޑު ދޫކޮށްލައިފައެވެ. ދެކުނު ކޮރެއާގެ އެންމެ މުހިއްމު ޑިފެންޑަރު ކިމް އަނިޔާގެ ސަބަބުން ސަކޮޑު ދޫކޮށްލީ ހޮނިހިރު ދުވަހުއެވެ.
ކިމްގެ އަނިޔާއާ ގުޅިގެން ކޯޗު ހޮންގް ބުނީ ބަޔާނުން ކަންތައްތައް ކުރަނީ ރަނގަޅަކަށް ނޫން ކަމަށާއި ކިމްއަށް އަނިޔާވީ ބަޔާނުން ފަރުވާ ކުޑަކުރުމުން ކަމަށެވެ. އަދި ކިމްގެ އަނިޔާއަކީ ޔަގީނުން ވެސް ރައްކާތެރިވެވޭނެ އަނިޔާއެއް ނަމަވެސް، ބަޔާނުން ހިމާޔަތް ނުދީ ކުޅުވުމުން ގައުމީ ޓީމަށް ބޮޑު ގެއްލުމެއް ކުރިމަތިވެފައިވާ ކަމަށްވެސް ހޮންގް ބުންޏެވެ.
ހޮންގް ބުނީ މިދިޔަ އަހަރުން ފެށިގެން ކިމް ކުޅެމުން ދަނީ ހަމަ އެ އަނިޔާގައި ކަމަށާއި ބަޔާނަށް މުހިއްމު ކޮންމެ މެޗެއްގައި ކިމް ބޭނުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިހާތަނަށް ވިންޓާ ބްރޭކަށްފަހު ބަޔާނުން ކުޅުނު 16 މެޗުގެ ތެރެއިން 13 މެޗެއްގައި ކިމް ކުޅެފައިވާ އިރު، އޭނާއަށް މިދިޔަ ހަފުތާގެ މެޗު ގެއްލުނެވެ. އެއީ ޔޫނިއަން ބާލިންނާ ދެކޮޅަށް ކުޅެ 1-1 އިން އެއްވަރުވި މެޗެވެ.
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު
ބޭރު ކުޅިވަރު