ފުޅާ ދާއިރާއެއްގައި ހަށިވިއްކަމުގެ ވިޔަފާރިކުރަމުންދިޔަ ދެ އަންހެނަކު ޑީޕޯޓުކޮށްލައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ރާއްޖޭގައި ވޯކް ވިސާގައި އުޅެމުންދިޔަ ތިން ބިދޭސީ އަންހެނަކު ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ މައްސަލައަކާ ގުޅިގެން އިމިގްރޭޝަނާއި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ ތިން މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އެމީހުންގެ ތެރެއިން ޑީޕޯޓުކޮށްލާފައިވަނީ ވިއެޓްނާމުގެ 44 އަހަރުގެ އަންހެނަކާއި އެ ގައުމުގެ 38 އަހަރުގެ އަންހެނެކެވެ.
އެ މައްސަލައިގައި ދެން ހިމެނޭ ލާއޯސްގެ 37 އަހަރުގެ އަންހެން މީހާ މިވަގުތު ހުރީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށާއި އޭނާ ވެސް ޑީޕޯޓުކުރުމުގެ މަސައްކަތްކުރިއަށްގެންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން އަތުލައިގަނެ، އެމީހުން ޑީޕޯޓުކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ. އޭގެ ތެރޭގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ބިދޭސީންނާއި އެމީހުންގެ އެޖެންޓުން ވެސް ހިމެނެއެވެ.
ހަށިވިއްކާ މައްސަލައިގައި އިމިގްރޭޝަނުން އެންމެ ފަހުން ޑީޕޯޓުކޮށްލާފައިވަނީ ތިން އަންހެނެކެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު