ކާނިވާ ސަހަރައްދުގެ ސްޓޭޖް ތަރައްގީ ކުރަން ހަތަރު މިލިއަން ރުފިޔާއަށް ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ކާނިވާ ސަރަހައްދުގައި މިހާރު ހުރި ސްޓޭޖް ތަޅާލައި އާ ސްޓޭޖެއް ހަދަން ޝައުގުވެރިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށާއިފައިވަނީ 2024 ގެ ޑިސެމްބަރު މަހުގައެވެ.
މާލެ ސިޓީ ކައުންސިލުގެ މީޑިއާއިން އިއްޔެ "ވަން" އަށް ބުނީ މިމަހުގެ 13 ވަނަ ދުވަހު، މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކާނިވަލް ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ސްޓޭޖް ތަޅާލުމަށްފަހު އާ ސްޓޭޖެއް ތަރައްގީކުރަން ހަތަރު މިލިޔަން ރުފިޔާއަށް ކުންފުންޏަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.
އެ މަސައްކަތް ހަވާލުކުރީ ޔޫއެޗް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްއާ ކަމަށާއި ޖީއެސްޓީއާއެކު ޖުމުލަ މަސަކަތުގެ އަގަކީ 4,847,000.00 (ހަތަރު މިލިއަން އަށްލައްކަ ސާޅީސް ހަތްހާސް) ދިވެހި ރުފިޔާ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.
އެ މަސައްކަތް ނިންމުމަށް ދީފައިވާ މުއްދަތަކީ އިއްޔެއިން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. އެއީ ބަންދު ދުވަސްތަކާއެކު ޖުމްލަ 140 ދުވަހެވެ.
ބޮޑުތަކުރުފާނު މަގުގައި ހުންނަ އަލިމަސް ކާނިވަލްގެ ނަމުން ވެސް މާލޭގެ "ކާނިވާ ސަރަހައްދު" މަޝްހޫރުވެފައިވާ އިރު އެ ސަރަހައްދަކީ މަޖީދިއްޔާ ސްކޫލަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި 2004 ވަނަ އަހަރު ހުޅުވި ތަނެކެވެ. އޭގެ ފަހުން މިއުޒިކް ޝޯތަކާއި ސިޔާސީ އެއްވުންތަކަށް ވެސް އެ ސްޓޭޖް ބޭނުންކޮށްފައި ވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު