ހައިކޯޓުގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލައްވައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފުރަތަމަ ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ. އެ އިއުލާންގެ މުއްދަތު ހަމަވި އިރު، އެ މަގާމަށް ކުރިމަތިލެއްވީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
އެހެންވެ މިދިޔަ ބުދަ ދުވަހުގެ ރޭ ފަނޑިޔާރަކު ހޯދަން ދެވަނަ ފަހަރަށް އިއުލާންކުރިއެވެ. އެ އިއުލާނުގެ މުއްދަތު މިއަދު ހެނދުނު 10:00 އަށް ހަމަވި އިރު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ފަނޑިޔާރު ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
ޝަހީދަކީ ކުއްލިއްޔަތުލް ދިރާސާތުލް އިސްލާމިއްޔާ އިން މާސްޓާސް އޮފް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ އަދި ބެޗްލާސް ޑިގްރީ އިން ޝަރިއާ އެންޑް ލޯ ހައްދަވާފައިވާ ބޭފުޅެކެވެ. ޝަހީދު ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 26 ނޮވެމްބަރު 2014 ގައެވެ. ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވީ 24 ޖުލައި 2018ގައެވެ. އޭނާ ހައިކޯޓުގެ އިސްފަނޑިޔާރަކަށް ހަމަޖެއްސީ 26 އޮކްޓޯބަރު 2023ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު