ލަނޑާ ނަގަން އުޅެނިކޮށް، ފަރުތޮޅިއެއް ހަމަލާ ދިނުމުގެ ސަބަބުން 32 އަހަރުގެ ދިވެހި ފިރިހެނެކަށް އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހުން އަމްރިތާ ހޮސްޕިޓަލާ ހަވާލާދީ ރިޕޯޓްކޮށްފައިވަނީ އެ ފިރިހެން މީހާގެ މައިބަދައަށް ވަރަށް ފުންކޮށް ފަރުތޮޅީގެ ތުންގަނޑު ހެރިފައިވާ ކަމަށެވެ. ފަރުތޮޅީގެ ދަތްތައް ވެސް މައިބަދައިގެ ތެރޭގައި ހަރުލާފައި ހުރި ކަމަށާއި ޑޮކްޓަރުން ވަނީ އޮޕަރޭޝަންކޮށް އެ މީހާގެ މައިބަދައިން ދަތުގެ 10 އެތިކޮޅު ނަގާފައި ކަމަށް "ދަ ހިންދޫ" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
މައިބަދައަށް އެހާ ފުންކޮށް ފަރުތޮޅީގެ ތުންގަނޑު ހެރިފައިވުމުގެ ސަބަބުން އެ މީހާ ވަނީ އައްސިވެފައި ކަމަށް "ދަ ހިންދޫ" ނޫހުން ރިޕޯޓުކުރިއެވެ. އޮޕަރޭޝަނަށްފަހު އެ މީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ވެސް "ދަ ހިންދޫ" ނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.
އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ފިރިހެން މީހާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ރާއްޖެއިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު