އަންނަ އަހަރު އެމެރިކާގެ އިތުރުން މެކްސިކޯއާއި ކެނެޑާގައި ކޯ ހޯސްޓް ކުރާ ފީފާ ވޯލްޑް ކަޕް 2026ގެ ކަންކަން ކޯޑިނޭޓްކޮށް، ތިން ގައުމުގެ މެދުގައި ހިޔާލު ބަދަލުކުރުމަށް އުފެއްދި ޓާސްކް ފޯހުގެ ޗެއާމަނަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަޖައްސައިފިއެވެ.
ވޯލްޑް ކަޕަށް އުފެއްދި ހާއްސަ ޓާސްކް ފޯހަކީ ތިން ގައުމުގެ މައި ސަރުކާރު ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ އިތުރުން މުބާރާތުގެ އެހެން ހުރިހާ ކަމަކާއި ސަޕޯޓަރުންގެ ކަންކަން ގާތުން ބެލުމަށް އުފައްދާފައިވާ ޓާސްކް ފޯހެކެވެ.
ވޯލްޑް ކަޕާ ދިމާކޮށް އެތައް މިލިއަން ފަތުރުވެރިންނެއް އެމެރިކާއާއި ކެނެޑާގެ އިތުރުން މެކްސިކޯއަށް ދަތުރުކުރާނެ ކަމަށް ބެލެވޭއިރު، ޓްރަމްޕް މި ދައުރަށް ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން މިވީ ދުވަސްކޮޅުގެ ތެރޭގައި މެކްސިކޯއާއި ކެނެޑާއާވެސް ވަނީ ގުޅުން ގޯސްވެފައެވެ.
އެއީ ޓްރަމްޕް، އެ ދެ ގައުމާވެސް އިގުތިސާދީ ހަނގުރާމައެއް ފަށައި، ޓެރިފް ބޮޑުކުރުމަށް ބިރު ދައްކަމުން ދިއުމުގެ ސަބަބުންނެވެ. އަދި އޭގެ އިތުރުން ކެނެޑާއަކީ އެމެރިކާގެ ސްޓޭޓަކަށް ހަދަން ޖެހޭ ކަމަށް ބުނެވެސް ޓްރަމްޕް ވާހަކަ ދައްކަވާފައިވެއެވެ.
ޓާސްކް ފޯހާ ހަވާލުވުމަށްފަހު ޓްރަމްޕް ވިދާޅުވީ ތިން ގައުމުގެ "ޓެންޝަން" ބޮޑުވެފައި އޮތުމަކީ ވޯލްޑް ކަޕް އިތުރަށް ޝައުގުވެރިވާނެ ސަބަބެއް ކަމަށެވެ. އަދި ތިން ގައުމުގެ ހާލަތު ނާޒުކުކޮށް އޮތް ނަމަވެސް، ވޯލްޑް ކަޕަށް ކުރަންޖެހޭ މަސައްކަތްތައް މައި ސަރުކާރުތަކާ ގުޅިގެން ކުރާނެ ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕް ޗެއާ ކުރައްވާ ޓާސްކް ފޯހުގެ ޒިންމާއާ ގުޅޭ ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ، އެ ޓާސްކް ފޯހުގެ އެންމެ ބޮޑު ޒިންމާއަކީ މުޅި ދުނިޔެ އިން ވޯލްޑް ކަޕަށް ދާ އެންމެންނަށް ސަލާމަތާއި ރައްކާތެރިކަން ޔަގީންކޮށްދީ، ހާއްސަ އިވެންޓަކަށް އިވެންޓް ހެދުން ކަމަށެވެ.
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް
ވޯލްޑް ކަޕް