ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލާން އަލުން ހުޅުވާލައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިސްތިއުފާދެއްވުމާއި ގުޅިގެން އެ މަގާމަށް ފަނޑިޔާރަކު ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ މިދިޔަ ހޯމަ ދުވަހުއެވެ. އެ މުއްދަތު މިއަދު 11:00 ޖަހާއިރަށް ހަމަވި އިރު، އެ މަގާމަށް ކުރިމަތިލައްވާފައި ވަނީ ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު އެކަންޏެވެ.
އެހެންވެ ޖޭއެސްސީން މިރޭ ވަނީ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ކަމަށް ބުނެ ފަނޑިޔާރަކު ހޯދަން އަލުން އިއުލާންކޮށްފައެވެ. އެ އިއުލާނުގެ މުއްދަތު ހަމަވާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ޖަހާއިރަށެވެ.
ސިވިލް ކޯޓުގެ ގާޒީގެ މަގާމު ހަ އަހަރު ވަންދެން އަދާކުރެއްވި ނިޔާހަތު ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރީ 2016 ވަނަ އަހަރުއެވެ. ނަމަވެސް 2019 ގައި އެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު 2019 ވަނަ އަހަރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލެއްވިއެވެ.
އެ ފަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވީ ނިހާޔަތުގެ އިތުރުން ދިޔާނާ ސައީދުއާއި ޑްރަގް ކޯޓުގެ ގާޒީއަށް އޭރު ހުންނެވި ސުޕްރީމް ކޯޓުގެ މިހާރު ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
ޚަބަރު
ޚަބަރު
ޚަބަރު