ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ ސީއެސްސީގެ މެންބަރެއްގެ މަގާމު ހުސްވީ ނައިިބު ރައީސްގެ މަގާމުގައި ހުންނެވި އިބްރާހީމް ރަޝީދު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ގިނަ ތުހުމަތުތަކެއްކޮށް އޭނާ މަގާމުން ވަކިކުރަން މަޖިލީހުން މަސައްކަތް ފަށާފައިވަނިކޮށެވެ.

ރައީސް އޮފީހުން މިއަދު ބުނީ ސީއެސްސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ ހަފުތާގެ ބުދަ ދުވަހަށް ހުލުވާލާފައިވާ ކަމަށެވެ. ފޯމު ބަލައިގަންނާނީ ރައީސް އޮފީހުންނެވެ.

ސީއެސްސީގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހުއާއި ތިން މެންބަރުން ކަމަށްވާ މުހައްމަދު ފަރުސަތު، ފާތިމަތު ޝަރީފް އަދި ފާތިމަތު ހަބީބާއެވެ.