އުރީދޫ މޯލްޑިވްސްގެ 5G އާބާދީގެ 80 ޕަސެންޓަށް ފުޅާކޮށްފިއެވެ.
އުރީދޫ މޯލްޑިވްސް އިން މިއަދު ބުނީ ޑިޖިޓަލް ކަނެކްޓިވިޓީއަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ކުންފުނީގެ 5G އާބާދީގެ 80 ޕަސެންޓަށް ފުޅާކުރުމާއެކު އުރީދޫ 5ޖީ އަކީ ރާއްޖޭގެ އެންމެ ވަރުގަދަ އަދި އެންމެ ފުޅާ 5ޖީ ނެޓްވޯކަށްވެފައިވާ ކަމަށެވެ. އެއާއެކު ހަލުއި އިންޓަނެޓް ސްޕީޑާއެކު ކުރިއަށްވުރެ ގިނަ ބަޔަކަށް 5ޖީ ތަޖުރިބާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށްވެސް ބުންޏެވެ.
އުރީދޫ 5ޖީ މިހާރު މީހުން ދިރިއުޅޭ 779 ރަށަކަށާއި 8 ރިސޯޓަށް ލިބެއެވެ. އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި 225 5ޖީ ސައިޓު ވަނީ ބަހައްޓައިފައެވެ.
އުރީދޫން ބުނީ، އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ސިނާއަތްތައް ޒަމާނީ ޓެކްނޮލޮޖީ އާއެކު ބާރުވެރިކުރުވައި، އެކި ދާއިރާތަކުން އިނޮވޭޝަން، އެފިޝަންސީ އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
އަދި އުރީދޫ 5ޖީ އާބާދީގެ 80 ޕަސެންޓަށް ފުޅާވެގެން ދިއުމަކީ ދުނިޔޭގެ ފެންވަރުގެ ކަނެކްޓިވިޓީ ގެނެސް، ޑިޖިޓަލް ރާއްޖެއެއް އުފެއްދުމަށް އެ ކުންފުނިން ކުރާ މަސައްކަތުގެ ހެއްކެއް ކަމަށްވެސް އުރީދޫން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު