މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން މިއަދު ބުނީ ނ. މަނަދޫ، ރީހުއްސަބާ/ އަބްދުﷲ ޝިހާދު، 37އ. މިދިޔަ ހޮނިހިރު ދުވަހުގެ 16:51 އިން ފެށިގެން އާއިލާއަށް ހަބަރުނުވެ ގެއްލިފައިވާ ކަމަށް އިއްޔެގެ 20:05 އެހާކަންހާ އިރު، ރިޕޯޓު ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ޝިހާދު ދިރިއުޅެނީ މާލޭގައި ކަމަށާއި އޭނާގެ ފޯނަށް ވެސް ނުގުޅޭ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށެވެ.
ޝިހާދުގެ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު