ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް، އިބްރާހިމް ރަޝީދު މަގާމުން ވަކި ކުރުމުގެ މަސައްކަތް ކޮމިޓީން ފެށުމަށްޓަކައި އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ގިނަ ވަގުތު އަޑު ކަނޑާލައިގެން ކުރިއަށްގެންދިޔަ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން އޭނާ ވަކި ކުރުމުގެ މައްސަލަ މަޖިލިސް ތަޅުމަށް ގެންދަން ދެކޮޅު ހެއްދެވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެކަންޏެވެ.
އިބްރާހިމް ރަޝީދު ކޮމިޝަނުން ވަކިކުރުމުގެ މަސައްކަތް ފަށަން ނިންމި ސީދާ ސަބަބެއް އަދި އެނގިފައެއް ނުވެއެވެ.
ކޮމިޓީން އެ މައްސަލަ މަޖިލިސް ތަޅުމަށް ފޮނުވި ސިޓީ ތަޅުމަށް އިއްވުމަށްފަހު، އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލިސް ރައީސް ކޮމިޓީއަށް އަލުން އެ މައްސަލަ ފޮނުވާނެއެވެ.
އޭނާ ވަކި ކުރުމަށް ކޮމިޓީން ނިންމައި މަޖިލިސް ތަޅުމަށް ފޮނުވާނީ، އެ މައްސަލަ ކޮމިޓީން ދިރާސާކޮށް ދިފާއުގައި ކޮމިޓީގައި ވަކާލާތު ކުރުމަށް ފުރުސަތު ދިނުމަށްފަހުގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު