މާލޭގައި ފުޅާ ދާއިރާއެއްގައި ކާބޯތަކެތީގެ ވިޔަފާރިކުރާ ގެއަކުން، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ވީޑިއޯ ޕޯސްޓެއްގައި ބުނީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީން އަތުލައިގެންފައިވަނީ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓަކާ ގުޅިގެން މިދިޔަ ބުދަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
"މއ. ހިތިލާގެ 2" އިން ގަނޑުކުރި މަސް، ތަރުކާރީ އަދި އެހެނިހެން ކާނާގެ ބާވަތްތައް ސަޕްލައިކުރާ މަންޒަރު އަބަދުވެސް ފެންނަކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ގިނަ އަދަދެއްގެ ގޭސް ސިލިންޑަރު ވެސް އެ އިމާރާތަށް ގެންދާ މަންޒަރު ފެންނަކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި މެންދުރުގެ ކާ ގަޑިއަށް ގިނަ އަދަދެއްގެ ބަތް ޕާރުސަލް ޑެލިވާކުރަން އެ އިމާރާތުން މީހުން ނުކުންނަ މަންޒަރާއި ޑެލިވަރީކުރަން ގެންގުޅޭ ސައިކަލުތައް އެ އިމާރާތާ ކައިރީގައި ހުންނަ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ އެ ގެއަކީ ގިނަ އަދަދަކަށް އެއްފަހަރާ ކެއްކުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން ހުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނެއް ކަމަށާއި އާދައިގެ ގޮތަކަށް ޑެކް އަޅައިގެން ހަތަރު ބުރީގެ އެ ބާ އިމާރާތުގައި އުޅެމުންދިޔަ 77 ބިދޭސީންގެ ލިޔެކިޔުން ޓާސްކްފޯސް އިން ހިންގި އޮޕަރޭޝަންގައި ޗެކް ކޮށްފައިވާ ކަމަށެވެ.
އެ ބިދޭސީންގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ މީހުންނާއި، ވަޒީފާ ދިން ފަރާތަށް ފިލައިގެން އުޅޭ މީހުން ހިމެނޭހެން 32 ބިދޭސީއެއް ކަމަށް އެ އިދާރާ އިން ބުންޏެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު