ސައުދީ އަރަބިއްޔާގެ އިސްލާމިކް އެފެއާޒް ދައުވާ އެންޑް ގައިޑެންސް މިނިސްޓްރީން ރާއްޖެއަށް ދިހަ ޓަނުގެ ކަދުރު ހަދިޔާކޮށްފިއެވެ.
އިސްލާމީ މަރުކަޒުގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ކަދުރާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އެ ރަސްމިއްޔާތުގައި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސައުދީގެ އިސްލާމިކް މިނިސްޓްރީން 10 ޓަނުގެ ކަދުރު ހަދިޔާކުރުމުން، ޝަހީމް ވަނީ ސައުދީގެ އިސްލާމިކް މިނިސްޓްރީއަށް ޝުކުރު އަދާކުރައްވައިފައެވެ.
ސައުދީ ސަރުކާރުން ވެސް ވަނީ މި ރަމަޟާން މަހަށް ރާއްޖޭގެ ރައްޔިތުންނަށް 50 ޓަނުގެ (25،000 ޕެކެޓު) ކަދުރު ހަދިޔާކޮށްފައެވެ. އެ ކަދުރުގެ ތެރެއިން މާލެ ސަރަހައްދަށް ބެހުމަށް ކަނޑައެޅި އަދަދު ވަނީ، ކަނޑައެޅި ދުވަހަށްވުރެ 16 ދުވަސް ކުރިން ބަހައި ހުސްވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު