ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހު ބާއްވާ އެފްއޭއެމްގެ ވެޓެރަންސް ފުޓުބޯޅަ ލީގު މިއަހަރުވެސް 10 ޓީމަކާއެކު ފަށަން ތައްޔާރުވެއްޖެއެވެ.

ވެޓެރަންސް ލީގު އެފްއޭއެމްއާ ގުޅިގެން މިއަހަރުވެސް އިންތިޒާމު ކުރަނީ ކްލަބރ އިވެންޓްސް އިންނެވެ. މުބާރާތުގެ ގުރު ރޭ ނަގާފައިވާ އިރު، ގްރޫޕް އޭގައި ހިމެނެނީ ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ހުޅުމާލޭ ވެޓެރަންސް ކްލަބާއި ވިލިމާލެ ޔުނައިޓެޑް، ދިވެހި ސިފައިންގެ ކްލަބް އަދި ޒެލޮޓްގެ އިތުރުން ހުއްރިއްޔާ އެވެ. ގްރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ފައިނަލުގައި އެއްކޮށް ވާދަކުރި މުއިވެޔޮ ފްރެންޑްސްއާއި ދަ ގްރާންޑޭ، ސްޓެލްކޯ، ކްލަބް އީގަލްސް އަދި ޕޮލިސް ކްލަބެވެ.

މިއަދުން ފެށިގެން މިމަހުގެ 27 ވަނަ ދުވަހާ ހަމައަށް މާފަންނު ޓާފް އެކެއްގައި މުބާރާތް ކުރިއަށްދާ އިރު، ސެމީ ފައިނަލް އޮންނާނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހުގައެވެ.

އެފްއޭއެމް ވެޓެރަންސް ލީގުން ކުރީގެ މަޝްހޫރު ކުޅުންތެރިން ފެނިގެންދާ އިރު، އެންމެފަހުން ތިން އަހަރުގެ ތަށި ނެގި ހުޅުމާލޭ ވެޓެރަންސް މިއަދު ހަވީރު ނުކުންނާނީ ވިލިމާލެއާ ދެކޮޅަށެވެ. މެޗު ފަށަން ތާވަލު ކޮށްފައި ވަނީ ހަވީރު 4:30 ގައެވެ.

ހުޅުމާލޭ ވެޓެރަންސްއިން މިދިޔަ އަހަރު ތަށި ހޯދި އިރު، އޭގެ ކުރިން 2023 ވަނަ އަހަރުގެ ތަށި ހޯދީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި 2022 ވަަނަ އަހަރު ތަށި ހޯދީ ފައިނަލުގައި މޯލްޑިވްސް ސޮކަ މޭޓްސް ބަލިކޮށްފައެވެ.