ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ "ރަން ފުރުސަތު" ރޯދަ ޕްރޮމޯޝަނާ، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޖެނެރަލް ޓްރޭޑިން ގުޅިއްޖެއެވެ.

އެސްޓީއޯ އިން މިއަދު ބުނީ ރޯދައަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އެ ޕްރޮމޯޝަނުގައި އެސްޓީއޯގެ ފިހާރަތަކުން ބީއެމްއެލް ކާޑުން ވިޔަވާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އަންނަ ހުކުރު ދުވަހު އެ ޕްރޮމޯޝަނުގެ ފުރަތަމަ ހަފުތާ ނިމޭ އިރު، ބީއެމްއެލް ކާޑުން އެސްޓީއޯ އިން ވިޔަފާރިކޮށްގެން ދެ ފަރާތަކަށް 5،000 ރުފިޔާގެ އެސްޓީއޯ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށާއި 300 ރުފިޔާއަށްވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

އޭގެ އިތުރުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް އެސްޓީއޯ އިން ވިޔަފާރިކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.