ރާއްޖެއަށް ޑުރަގް އެތެރެކުރި ކަމަށް ތުހުމަތުވާ ޗައިނާ މީހަކު ހައްޔަރުކޮށްފިއެވެ.
ރާއްޖެއަށް ޑުރަގް އެތެރެކޮށް، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ޒޮންގް ޗެންގްވެއި ނަމަކަށް ކިޔާ 31 އަހަރުގެ ފިރިހެނެކެވެ. ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
އޭނާ ބަންދުކުރި ކޯޓު އަމުރުން އެނގޭ ގޮތުގައި އޭނާގެ ގެނައި ފޮށިގަނޑެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ނަމަވެސް އެއީ ކިހާ އަދަދެއް ކަމެއް ބުނެފައެއް ނުވެއެވެ. އޭނާ ރާއްޖެ އައީ ކޮން ގައުމަކުން ކަމެއްވެސް އަމުރަކުން ސާފެއް ނޫނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން އަދި ވަކި އެއްޗެއް ނުބުނެއެވެ. މައްސަލައިގެ އިތުރު ތަފުސީލު ހޯދަން "ވަން" އިން ފުލުހުންނަށް ގުޅުމުން ޖަވާބު ދީފައިނުވާތީ އިތުރު ތަފުސީލެއް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު