ފުވައްމުލަކު ސިޓީގައި ހުންނަ ޔޫރޯ ސްޓޯރުގެ ގުދަނުން 130 އަށްވުރެ ގިނަ ސިނގިރޭޓު ކާޓަން ވަގަށް ނަގައިފިއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ވައްކަން ކޮށްފައިވަނީ މިއަދު ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.