އަންހެން ހެދުން އަޅައިގެން ވައްކަންކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
މީޑިއާތަކަށް ފުލުހުން މިރޭ ފޮނުވި މެސެޖެއްގައި ބުނީ މާލޭ މާވެޔޮމަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު، ސިފަ ބަދަލުކޮށްގެން ވައްކަންކުރަން އުޅުނުކަމުގެ ތުހުމަތުގައި ރޭ 2:39 ހާއިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އެމީހުން ފުލުހުންގެ ބެލުމުގެ ދަށް ގެނައި އިރު، ތިބީ އަންހެން ހެދުން އަޅައިގެން ކަމަށް ފުލުހުން ބުންޏެވެ. އެ މައްސަލައިގައި ހައްޔަރުކުރީ މުހައްމަދު ސަބާހު (46އ)، ލިލީގެ، ގދ. ވާދޫ އަދި މުހައްމަދު ނައުޝާދު (42އ)، ސޯސަންގެ، ނ. މިލަންދޫ އެވެ.
ފުލުހުން ބުނީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި ވައްކަމުގެ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު