ބާ މުސްހަފުތަކާއި ގުރުއާން ހިމެނޭ ލިޔުންތައް މާލޭ ސިޓީ ކައުންސިލުން ބަލައިގަނެ، ނައްތާލަން ނިންމައިފިއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނުގައި ބުނީ މާލޭ ސަރަހައްދުގެ ގޭގޭގައި ހުރި ނައްތާލަން ބޭނުންވާ ބާ މުސްހަފުތަކާއި ގުރުއާނުގެ އާޔަތް ނުވަތަ ހަދީސް ހިމެނޭ އެފަދަ ދީނީ ފޮތްތަކާއި ލިޔުންތައް، އަހަރަކު ދެ ފަހަރު އެ ކައުންސިލުންގެ އިދާރާއާ ހަވާލުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން މި އަހަރުގެ ފުރަތަމަ ބުރު، ގޭގެއިން ގެންނަ އެފަދަ ތަކެތި އެ އިދާރާއަށް ބަލައިގަތުމުގެ އިންތިޒާމް، މިއަދުން ފެށިގެން މިމަހުގެ 28ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 14:00 އަށް އެ ކައުންސިލުގެ ވޭސްޓް ސެކްޝަން ހުންނަ (ފަލަސްތީން ހިނގުމުގައި) އެ ތަކެތި ބަލައިގަތުމަށް މޭޒެއް ބަހައްޓާފައި ހުންނާނެ ކަމަށެވެ.
މާލެ ސިޓީ ކައުންސިލުގެ މީޑިއާ އޮފިޝަލް އައިމިނަތު ޝަތުފާ ޝަފީއު މިއަދު "ވަން" އަށް ވިދާޅުވީ ގޭގެއިން ގެންނަ އެފަދަ ތަކެތި ބަލައިގަތުމަށް ފަހު، ނައްތާލުމަށް ހަމަޖެހިފައިވަނީ އިސްލާމްދީނުގައި އެކަން ކުރަން ހަމަޖެހިފައިވާ އުސޫލުގެ ދަށުން ދޫނިދޫގައި، ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުން ކަމަށެވެ.
މިދިޔަ އަހަރު ވެސް އެ ކައުންސިލުން ވަނީ ގޭގެއިން ގެންނަ ބާ މުސްހަފުތަކާއި ގުރުއާން ހިމެނޭ ލިޔުންތައް ބަލައިގަނެ ނައްތާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު