ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް އިލެކްޝަން ކޮމިޝަން (އީސީ) ގެ އޮންލައިން ޕޯޓަލެއްގެ ތެރެއިން އީފާސް ބޭނުންކޮށްގެން ނޫން ގޮތަކަށް ޕާޓީތަކަށް މެންބަރުން ދެން ނުވެއްދޭނެ ގޮތަށް ގަވައިދު ބަދަލުކޮށްފި އެވެ.
ސިޔާސީ ޕާޓީއަކަށް މީހުން ވެއްދުމަށް ސައްހަ ނޫން ފޯމުތަކެއް ފުރި މައްސަލަ މި ފަހުން ވަނީ ފެންމަތިވެފައެވެ.
އީސީން މިއަދު ގެޒެޓުކުރި ސިޔާސީ ޕާޓީތަކުގެ ގަވައިދުގެ އިސްލާހުގައި ބުނީ، ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުމަށް މީގެ ފަހުން ފޯމު ހުށަހެޅޭނީ އެ އިދާރާގެ "ސިމެދަ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
އެ އިސްލާހުގައި ބުނީ، "ސިމެދަ" ޕޯޓަލުން ޕާޓީއަކަށް މީހުން ވެއްދުމުން، ޕާޓީގެ ދަފްތަރުގައި އެ މީހެއްގެ ނަން ހިމެނުމުގެ ކުރިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު