މ. ގޯލްޑަން މޫން/ އަހުމަދު ނާޝިދުގެ ބަދަލުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްކަމުގެ މަގާމަށް ރ. އަލިފުށި، ފަސާނާ، އަބުދުﷲ ނާޝިދު ހަމަޖައްސަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.
މި ދެ ބޭފުޅުންނަކީވެސް މަޖިލީހުން ރުހުން ދީގެން މިދިޔަ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އޭސީސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވި ދެބޭފުޅުންނެވެ.
ނަމަވެސް އޭސީސީގެ ނައިބު ރައީސަކަށް އަހްމަދު ނާޝިދު އައްޔަން ކުރެއްވުމަށް ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ އިއްޔެއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރައީމް އަބުދުﷲ އަށް ރައީސް މިއަދު ފޮނުއްވި ސިޓީފުޅުގައި ވަނީ އިއްޔެ ފޮނުއްވި އަހުމަދު ނާޝިދުގެ ބަދަލުގައި އަބުދުﷲ ނާޝިދު އޭސީސީގެ ނައިބު ރައީސް ކަމަށް އައްޔަން ކުރަން މަޖިލީހުގެ ރުން ދެއްވުމަށް އެދިވަޑައިގެންފައެވެ.
ނަމަވެސް އެ ބަދަލު ގެންނެވި ސަބަބެއް ރައީސް ވިދާޅުވެފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު