ހުޅުމާލޭގައި ހުންނަ ސްޓެލްކޯގެ ފްލެޓް އިމާރާތުގެ ނުވަ ވަނަ ބުރިން މީހަކު ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އިން ދެންމެ މީޑިއާތަކަށް ބުނީ، އެ މީހާ ވެއްޓުނީ ސްޓެލްކޯ ޓަވަރުތަކުގެ ތެރެއިން ސީ ޓަވަރުގެ ނުވަވަނަ ބުރިން، އެ ޓަވަރުގެ ބިތްދޮށްފަޅިއަށް ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މަރުވެފައި އޮއްވައި ފެނިފައިވަނީ ހ. ގިނިރާހި އާގެ، އިބްރާހިމް ޝަރަފް، 24 އަހަރު ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެ މައްސަލަ ތަހުގީގު ކުރަމުންދާތީ، އޭނާ ވެއްޓުނީ ކީއްވެ ކަމެއް އަދި ނޭނގެއެވެ.