ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު، ވަކި ހިސާބަކުން މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ރިިޔާސަތަށް ވަޑައިގެންދެއްވުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
އެއަށްފަހު މަޖިލީހުގެ ރައީސް މަޖިލީހުގެ މެންބަރުންނާ މުހާތަބު ކުރައްވައި ވިދާޅުވީ، އެ މަނިކުފާނު މިއަދު ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދެއްވައި، ރިޔާސަތު މަޖިލީހުގެ ނައިބު ރައީސާ ހަވާލު ކުރެއްވުމަށްފަހު އެ މަނިކުފާނު ވަޑައިގެންނެވީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު