މާލޭގައި މާރާމާރީ ހިންގަން މަސައްކަތް ކުރި ދެ މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ޕޮލިސް މީޑިއާއިން މިއަދު ބުނީ ރެ 20:17 ހާއިރު މާލެ ވައިލެޓް މަގު، ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތް ކުރި މައްސަލައަކާ ގުޅިގެން ދެ މީހަކާއި 18 އަހަރުން ދަށުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ރޭ މާލޭގެ މާރާމާރީގެ އިތުރުން، ރޭ ސިނަމާލެ ބުރިޖުމަތިން ވެސް ވަނީ ކޯރާޑިއަކުން މީހަކަށް ހަމާދިން ދެ މީހަކު ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގދ. ފޮޔޯރީ/ ހީނާމާގެ، ރުސްތަމް އިބްރާހިމް 25އ. އަދި ބ. ގޮއިދޫ/ ސްޓާ، ސައިފުﷲ ފައިސަލް، 19 އ. ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ މި ދެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު