ދެހާސްއަށްވަނަ އަހަރަށްފަހު، ގާނޫނު އަސާސީ އިސްލާހުކޮށް، ރާއްޖޭގެ ސިޔާސީ މަސްރަހަށް ގެނައި، އިސްލާހީ ހުރިހާ މަސައްކަތެއްގެ ކްރެޑިޓް އެމްޑީޕީން ނަގާ ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ނުރުހުން ފާޅު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، އޭނާއަކީ 1984 ވަނަ އަހަރުން ފެށިގެން އެކި ދުވަސްވަރު އެކި ރޮނގު ރޮނގުން ސަރުކާރު ތެރެއިންނާއި ސަރުކާރުގެ ބޭރުން، އިސްލާހަށްޓަކައި މަސައްކަތް ކުރެއްވި މީހެއް ކަމަށެވެ.
ނަމަވެސް ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، އިސްލާހީ ބަދަލުތައް ގެނައި އެބޭފުޅުން ކަމަށް ބުނެ ކްރެޑީޓް ނަގަން އުޅޭ ކަމަށްވެސް ވިދާޅުވިއެވެ.
"ގާނޫނުއަސާސީ އިސްލާހުކުރުން އެއީ އޭރު ގައުމުގެ ހާލަތާއި އެކަންތައްތައް އެގޮތަށް ކުރަންޖެހިއްޖެކަން އޭރުއޮތް ސަރުކާރަށް ވިސްނި ވަޑައިގެން ބަޔަކު މަސައްކަތްތަކެއް ކޮށްގެން ހާލަތު ބަދަލުވެގެން ދިޔައީ، ބައެއްގެ މަސައްކަތުން، އޭރުގަ އޮތް ސަރުކާރުގެ ތާއީދާއި އެއްބާރުކުން ލިބިގެން އެހެން ނޫންނަމަ ނުވާނެ އޭރަކު، އަޅުގަނޑަށް ނޭނގޭ އެއްޗެއް އެނގޭނެ މީހަކު ނުހުންނާނެ، ޕްރެޝަރުތަކެއް ހުރި ނަމަވެސް އެހިސާބަށް ދިޔައީ އެހިސާބަށް ދާންޖެހިއްޖެކަން އޭރުގެ ރައީސް މައުމޫނަށް ފެނިވަޑައިގެން އިހުލާސްތެރިކަމާއެކު އިސްލާހީ އެހެންޑާއެއް އިއުލާންކުރައްވައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ދީގެން،"
ގާސިމް ވިދާޅުވީ އިސްލާހީ ބަދަލުތަކުގެ ކުރެޑިޓް އެމްޑީޕީން ނަގާއިރު، ގާނޫނުއަސާސީ އިސްލާހު ކުރަން މެންބަރުން ހޮވިއިރު އެމްޑީޕީގެ އޭރުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނެތް ކަމަށެވެ.
"އަޅުގަނޑުމެން އެކަންކުރި އަޅުގަނޑު އެންމެ އިސްކޮށްހުރީ، އެހުރިހާ ކުރެޑުޓްތަކަކަށް ވަންނާކަށެއް ނޫން،"
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު